އެންގުންތަކާ ހިލާފުވާ ރިސޯޓް މުވައްޒަފުންނަށް ދައުވާކުރާނަން: ޕީޖީ

ދަތުރުކުރުމުގައި ހުރި ހުރަސްތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ތާށިވެފައި ތިބި ދިވެހީންގެ ވިސާ އިތުރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރިސޯޓްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމާއި، އަދި އެހެން ރަށްރަށުން ރިސޯޓްތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެކަން މަނާކުރި ފަހުން ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ވަނީ އެ އެންގުމާ ހިލާފަށް އަމަލުކޮށްފައެވެ. އެ މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު ބައެއް މުވައްޒިފުން ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރިސޯޓްގައި ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކަކާ ހިލާފަށް އެއްވެސް މީހަކު އަމަލު ކޮށްގެން ނުވާނެ ކަމަށެވެ. އެގޮތަށް އަމަލުކުރާ މީހާ އެ ކުރަނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

“ހަގީގަތުގައި މިއީ ވަރަށް ސީރިއަސް ކަމެއް. މިއީ ސަކަރާތް ޖަހާވަރު ކަމެއް ނޫން. މި ފިޔަވަޅުތަކަކީ ގައުމާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް އެހެންވީމަ މި ފިޔަވަޅުތައް ދެމެހެއްޓުމަށް އަޅުގަނޑުމެން އެއްބާރުލުންދޭނަން.” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒިފުންނަށްވެސް ކޮންމެހެން ރަށައް ދާންޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ގޮތްތަކެއް ހޯދަން މަސައްކަތް ކުރުމަށް ޕީޖީ ވަނީ އެދިފައެވެ.

“މިސާލަކަށް ސިގިރޭޓެއް ހޯދަން ވެގެން ފަތާފައި އެހެން ރަށަކަށް މިދަނީ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ދެއްތޯ. އެހެން ނަމަވެސް މިސާލަކަށް މަންމަ، ބައްޕަ ނޫނީ ދަރިފުޅު ބަލިވީ، ކޮންމެހެން އެހީތެރިވާން އެ މުވައްޒިފު ދާންޖެހުނީ. މިއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ހާއްސަ ހާލަތެއް، މިފަދަ ހާލަތެއް ދިމާވިނަމަވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ގޮތްތަކެއް ހޯދަން މަސައްކަތްކުރާށޭ އަޅުގަނޑުގެ އިލްތިމާސަކީ.”

ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!