މާލޭ އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކުރީގެ އަލިފާނުގެ ހާދިސާ ހިނގި ކެމިކަލް ގުދަންތައް ހުންނަ މަގުގައި ހުރި ގުދަނެއްގައި ކަމަށެވެ.
އެއީ އެ މަގުގައި ހުރި ނިއު ކެއާ އިންވެސްޓްމެންޓް ގުދަން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެ ގުދަނުން ދުން އަރަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ، އެ ގުދަނުން ދުން އެރީ ޖެހިގެން ހުރި ގޭގެ ދެވަނަ ފަންގިފިލާގައި ބިދޭސީ ބަޔަކު ކުކުޅު ފިހަން އުޅުމުގެ ތެރޭގައި އަވަން ކައްސައިގެން އެރި ދުން ތަކެއް ކަމަށެވެ.
“އެ ދުންތައް ގުދަނުގެ ތެރެއއަށް ވަދެގެން ދުން އެރީ ކަމަށް ވަނީ”. އާޒިމް ވިދާޅުވިއެވެ.