ކޮވިޑް-19: ޗައިނާ އިން ހަދިޔާ ކުރި ބޭސް ގެނެސްފި

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން ހަދިޔާކުރި ބޭސް މިއަދު ރާއްޖެ ގެނެސްފި އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ މިއީ ޗައިނާ އިން ރާއްޖެ އަށް ދިނުމަށް ހަމަޖެހިފައިވާ ސިއްހީ އެހީތެރިކަމުގެ ފުރަތަމަ ބެޗު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗައިނާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖެއަށް އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް ދާދިފަހުން ވަނީ އެކުލަވާލާފައެވެ. އެގޮތުން ޗައިނާގެ މަޝްހޫރު އަލީބާބާގެ ފައުންޑާ ޖެކްމާ ވަނީ ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އެހީވާނެކަން ހާމަކުރައްވާފައެވެ.

ޖެކް މާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންވާ ސާމާން ސަޕްލައިކޮށްދޭނެ ކަމަށެވެ. އެގޮތުން 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ސަޕްލައި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިތަކެތި ސަޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިތުރުން އަވައްޓެރި ލަންކާ އަދި އަފްޢާނިސްތާން، ބަންގުލަދޭޝް، ލާއޯސް، ކެމްބޯޑިއާ، މޮންގޯލިއާ، މިޔަންމާ، އަދި ޕާކިސްތާނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!