ކޮވިޑް-19: ފެނަކައިން ރިސޯޓް ތަކަށް ޖެނެސެޓް ދެނީ

ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ފެނަކަ ކޯޕްރޭޝަން އިން ރިސޯޓް ތަކަށް ޖެނެސެޓް ދޭން ނިންމައިފިއެވެ.

ފެނަކައިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ މި ފަދަ ދަތި ދަނޑިވަޅެއްގައި ފެނަކައިން ކުދި ޖެނެސެޓް ތަކެއް ރިސޯޓް ތަކަށް ދޭ ން ނިންމާފައި ވާކަމަށެވެ. އަދި ހަމަ އެޔާއެކު ޖެނެސެޓް ބޭނުންވާ ފަރާތް ތަކުން ފެނަކަ އާ ގުޅައިގެން އެކަން ހަމަ ޖެއްސުމަށް ވެސް ފެނަކަ ކޯޕަރޭޝަން އިން ބުނެއެވެ.

ރާއްޖެއިން މުޅި ޖުމްލަ 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ޖުމްކަ 09 މީހުންވަނީ ރަނގަޅުވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާރު ފަރުވާދެނީ 4 މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް މިވައިރަހަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހެއްގެ އިތުރުން ކުރަމަތި ރިސޯޓުން ދެ މީހަކާއި އަނަންތަރާ ރިސޯޓުން ދެ މީހެކެވެ. އަދި ސަފާރީއަކުން ދެ މީހަކު ވެސް މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއެންމެންކީވެސް ބިދޭސީންނެވެ. މިވައިރަހަށް ޕޮޒިޓިވް ވެފައިފާ 13 މީހުންގެތެރެއިން 9 މީހުންނަކީ ނިސްބަތްވަނީ އިޓަލީއަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މުޅިން ވެސް ބިދޭސީންނެވެ. އަދި ގިނަ މީހުންނަކީ ރިސޯޓް ތަކުން ޕޮޒިޓިވް ވި މީހުން ކަންވެސް ފާހަގަ ކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!