ކޮވިޑް-19: ޗައިނާއިން ރަނގަޅުވި ބައެއް މީހުން ދެވަނަފަހަރަށް ފައްސިވެއްޖެ

ޗައިނާގައި ކޮވިޑް-19 ޖެހިގެން ފަރުވާދިނުމަށްފަހު ރަނގަޅުވުމުން ދޫކޮށްލި މީހުންގެ ތެރެއިން 14 ޕަސެންޓާ ގާތްކުރާ އަދަދެއްގެ މީހުން ދެވަނަ ފަރަހަށް އެ ބައްޔަށް ފައްސިވެއްޖެކަން ދިރާސާއަކުން ދައްކައިފި ކަމަށް ޑެއިލީ މެއިލުން ރިޕޯޓުކޮށްފިއެވެ. މި ޚަބަރު އައިސްފައި މިވަނީ، ޗައިނާގައި ކޮވިޑް-19 ފެތުރުން މަޑުޖެހެމުން ދާ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް އެ ބަލި ފެތުރެން ފަށައިފާނެ ކަމަށް މާހިރުން ދިޔައީ އިންޒާރުދެމުންނެވެ.

ވޫހާންގެ ޓޮންގްޖީ ހޮސްޕިޓަލުގެ ޑިރެކްޓަރު ވަންގް ވެއި، މީގެ ދެދުވަސް ކުރިން ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ޑޮކްޓަރުންނާ ހަވާލާދީ ބުނީ، އެ ހޮސްޕިޓަލުން ފަރުވާދީގެން ރަނގަޅު ކުރި 147 ބަލިމީހުންގެ ތެރެއިން 5 މީހުން ވަނީ ދެވަނަ ފަހަރަށް ކޮވިޑް-19އަށް ފައްސިވެފައެވެ. އަދި ޗައިނާގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ގުއަންގްޑޮންގުގައި ރަނގަޅުވި މީހުންގެ 14 ޕަސަންޓާ ގާތްކުރާ އަދަދެއްގެ މީހުން ދެވަނަ ފަހަރަށް ވަނީ ފައްސިވެފައި ކަމަށް ވެއެވެ.

މި ޚަބަރާއެކު، ސިއްޙީ މާހިރުން ދަނީ ނިއުކްލިކް އެސިޑް ޓެސްޓަކީ ވައިރަސް ދެނެގަންނަށް އެންމެ ރަނގަޅު ޓެސްޓުތޯ ސުވާލު އުފައްދަމުންނެވެ.  “ރަނގަޅުވި ކަމަށް ނިންމި ބަލިމީހުން ކުރިން ހެދި ޓެސްޓުން ނެގަޓިވް ވި ސަބަބަކީ ޓެސްޓުގެ ނަތީޖާ ނުބައިވީމަ ކަމަށް ވުން ގާތް” ޗީފް ޑޮކްޓަރު ވޮންގް ބުނެފައިވެއެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރުން ކާމިޔާބުކަމާއެކު ކޮންޓްރޯލު ކުރެވެމުންދާކަން އިޢުލާނުކުރުމާއެކު، ކުރިން މި ވައިރަހުގެ މައި ޕްރޮވިންސްގެ ގޮތުގައި ދެކެމުންއައި ހޫބެއިގެ ލޮކްޑައުން ޢަމުރު ވަނީ ނަގައިފައެވެ. އެއާއެކު އެތާނގައި  ދިރިއުޅެމުން އަންނަ އެތައް މިލިއަން މީހުންނަށް އެހެން ތަންތަނަށް ދިޔުމުގެ ހުއްދަ ވަނީ ލިބިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!