ކޮވިޑް-19: ރައްކާތެރިވުމުގެ ގޮތުން މެލޭޝިއާގެ ރަސްގެފާނު ކަރަންޓީނަށް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މެލޭޝިއާގެ ރަަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަބްދުﷲ ޝާހު އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގެންފިއެވެ.

ރަސްގެފާނުގެ ގަނޑުވަރުކޮޅުން މިއަދު ވިދާޅުވީ ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކަރަންޓީނަށް ވަޑައިގެންފައިވަނީ ގަނޑުވަރުގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އެއާއެކު ރަސްގެފާނުގެ ދެކަނބަލުން ވެސް ކޮވިޑަށް ޓެސްޓުކުރި ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށްވެސް ގަނޑުވަރުން ވިދާޅުވިއެވެ. ނަމަވެސް އަމިއްލަ ރައްކާތެރިކަމަށް 14 ދުވަހުގެ މުއްދަތަކަށް ދެ ބޭފުޅުން ވެސް ކަރަންޓީނަށް ވަޑައިގެންފައިވާއިރު ގަނޑުވަރު ސާފުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މެލޭޝިއާގައި މިހާތަނަށް ކޮވިޑް-19 އަށް 1،796 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެގައުމުން ވަނީ 21 މީހުން މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!