ކޮވިޑް-19 ޖެހުނު 97 އަހަރުގެ މީހަކު ރަނގަޅުވެއްޖެ

ދެކުނު ކޮރެޔާގައި ކޮވިޑް-19 ޖެހުނު 96 އަހަރުގެ މީހަކަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލައިފިއެވެ.

މި ބަލިން ރަނގަޅުވެފައިވަނީ ކޮރެޔާގެ ޗެންގްޑޯ ކައުންޓީ އަށް ނިސްބަތްވާ ހުވާންގް ނަމަކަށް ކިޔާ އަންހެނެކެވެ. ޗެންގްޑޯ ކައުންޓީ އޮންނަނީ މި ބަލި ކޮރެޔާގައި އެންމެ ބޮޑަށް ފެތުރިފައިވާ ޑައެގޫ ސިޓީ އާއި ކައިރި ހިސާބެއްގައެވެ.

ހުވާންގް އަށް މި ބަލި ޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ޕޮހާންގް ޕަބްލިކް ކްލަނިކްގައި އޭނާ އަށް ފަރުވާދިންއިރު، މި ބަލިން އޭނާ ރަނގަޅުވެފައިވާކަން ކަނޑައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ފަރުވާއަށްފަހު ދޫކޮށްލުމުން އަމިއްލަ ގޭގައި ކަރަންޓީނުގެ މުއްދަތެއް ހުވާންގް މިހާރު އަންނަނީ ފުރިހަމަ ކުރަމުންނެވެ.

ހުވާންގް އަކީ ކޮރެޔާގައި މި ބަލިން ރަނގަޅުވި އެންމެ އުމުރުން ދުވަސްވީ މީހާއެވެ.

އެ ގައުމުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު، އެ ގައުމުން އިތުރު 104 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިއެވެ. އެއާއެކު އެ ގައުމުން މިހާރު މި ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 9241 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން 132 މީހަކު މަރުވެފައިވާއިރު، އިތުރު 56 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް ކޮވިޑް-19 ޖެހިގެން އުމުރުން ދުވަސްވީ ބަޔަކު ރަނގަޅުވެފައި އެބަހުއްޓެވެ. އަދި ހަމަ އެޔާއެކު މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ވެސް އުމުރުން ދުވަސްވީ މީހުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!