ކޮވިޑް-19: ރީތި ބީޗް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް

ކޮވިޑް19 އަށް ޝައްކު ކުރެވިގެން ރީތި ބީޗް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ހާމަކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމަތް ހިއްސާ ކުރުމަށް މިހާރު ދަރުބާރު ގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރިތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތައް ނެގެޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ.

ރީތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި އެދެމީހުންގެ ނަތީޖާވެސް ވަނި ނެގެޓިވް ވެފައެވެ. މީގެކުރިން ވެސް ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާވެސް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބަކީ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން ނެވެ. އެފަސް މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި 2 މީހުންނާއި، އަނަންތަރާ ދިގު ރިސޯޓުން 2 މީހަކު އަދި އައިލެންޑް ސަފާރީ އިން ޕޮޒިޓިވް ވި އެކަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!