ފޮޓޯ: ސީއެންއެމް

ކޮވިޑް-19: 700 އަށް ވުރެ ގިނަ މީހުން ކަރަންޓީން ފެސިލިޓީތަކުގައި

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅަފައިވާ ފިޔަވަޅުތަކުގެ ދަށުން 700 އަށް ވުރެ ގިނަ މީހުން ކަރަންޓީން ކޮށްފައި އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ދަރުބާރު ގޭގައި ކުރިއަށް ދާ ޕްރެސްގައި ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި 731 މީހަކު މިހާރުވެސް އެބަ ތިބި ކަމަށެވެ.

އޭގެތެރެއިން ވެލިދޫގައި 18 ފަރާތެއް ތިބި އިރު، ފަރުކޮޅު ފުށީގައި އެއްވެސް މީހަކު ނެތް ކަމަށާއި، އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 3 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ހުޅުލޭ ކަރަންޓީން ފެސިލިޓީގަ އެއް މީހަކު ކަރަންޓީން ކޮށްފައިވާ އިރު، ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި 64، ބިޔާދޫގައި 41، ކުޑަ ބަނޑޮސް ކަރަންޓިން ފެސިލިޓީގައި 114، ދިއްގިރި ކަރަންޓީން ފެސިލިޓީގައި 32، ހޮލިޑޭއި އައިލެންޑުގައި 150، ރޯޔަލް ކަރަންޓީން ފެސިލިޓީގައި 176 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި ވިލިވަރު ކަރަންޓީން ފެސިލިޓީގައި 31 މީހަކު ކަރަންޓީން ކޮށްފައިވާއިރު، އޭގެތެރެއިން 2 މީހަކު ކަރަންޓީން ކޮށްފައިވަނީ ސަފާރީއެއްގައި ކަމަށެވެ. އަދި މަޑިވަރު ކަރަންޓީން ފެސިލިޓީގައި 96 މީހުން ކަރަންޓީން ކޮށްފައިވާއިރު، ކަނޑިމާ މޯލްޑިވްސްގައި މިވަގުތު އެއްވެސް މީހަކު ކަރަންޓީން ކޮށްފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބަކީ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން ނެވެ. އެފަސް މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި 2 މީހުންނާއި، އަނަންތަރާ ދިގު ރިސޯޓުން 2 މީހަކު އަދި އައިލެންޑް ސަފާރީ އިން ޕޮޒިޓިވް ވި އެކަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!