ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިލިމާލެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ ސާފުކުރަން ފަށައިފިއެވެ.
ވިލިމާލެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްއާއި މަލެސިޓީ ކައުންސިލް ގުޅިގެން ފަޔާއެންޑް ރެސްކިއު ސާވީސުންނެވެ. ވިލިމާލެ މަގުތައް ޑިސްއިންފެކްޓް ކުރުމުންދާއިރު، މާލޭއާ ހުޅުމާލޭގެ މަގުތައްވެސް އަންނަނީ ޑިސްއިންފެކްޓު ކުރަމުންނެވެ.
ސަރުކާރުން ދަނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމާއި، ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.
އަދި ރައްކާތެރިކަމުގެ ފިޔވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެއަންނަ މީހުން ކަރަންޓީނު ކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.