ފޮޓޯ: ގޫގުލް

ބޭންކުތައް ހުޅުވާނީ މި މަހުގެ 30 އަދި އަންނަ މަހު 2 ގައި

އަންނަ ހަފުތާގައި ސަރުކާރު ބަންދުވި ނަމަވެސް އެމްއެމްއޭ އާއި ބޭންކުތަކުން ޚިދުމަތް ދިނުމަށް ދެ ދުވަސް ކަނޑައަޅައިފިއެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން، ހަފްތާއަކަށް ސަރުކާރު ބަންދުކުރި ނަމަވެސް، އެ ދުވަސްތަކުގައި އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ 30 މާޗު އަދި 2 އޭޕްރިލް ގައި ކަމަށެވެ. އެ ދުވަސްތަކުގައި އެމްއެމްއޭއިން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން، ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ދެމުންދާނީ ހެނދުނު 09:30 އިން 11:30 އަށް ކަމަށެވެ. އަދި (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 09:30 އިން 11:00 އަށް ދެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!