ސިނަމަން ހަކުރާ ހުރާ ބަންދުކޮށް، މީހަކު ޓެސްޓު ކުރަނީ

ސިނަމަން ހަކުރާ ހުރާ އަނެއްކާވެސް ބަންދުކޮށް، ކޮވިޑް-19 އަށް މީހަކު ޓެސްޓު ކުރަން ފަށައިފިއެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް 13 މެެހަކު ޕޮޒިޓިވް ވެފައު ވާއިިރު 8 މީހަކު ވަނީ ރަގަޅުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!