އެސްޓީއޯ ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ

އެސްޓީއޯގެ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެސްޓީއޯ ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަން ރައީސް ޞާލިހް އިއުލާން ކުރެއްވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސްގެ ވާހަކަފުޅެކޭ އެއްގޮތަށް އެސްޓީއޯ އިން ވެސް ބުނީ ރާއްޖޭގެ އެތެރޭގެ ޝިޕިން އިންޑަސްޓްރީ އަލުން ދިރުވުމުގެ ގޮތުން ގެންނަ ފުރަތަމަ ކޮންޓެއިނާ ބޯޓު އަންނަ ހަފުތާގައި ރާއްޖެ ބަނދަރުކުރާނެ ކަމަށެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ.

އާ ޝިޕިން ލައިންގެ ފެށުމާ ގުޅޭ ގޮތުން މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.

އެސްޓީއޯ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތަކާއި މުދާ އެތެރެކުރާ ކުންފުންޏެވެ. އެހެންކަމުން އާ ޝިޕިން ލައިނާ އެކު ރާއްޖެއަށް މުދާ ގެންނަން މިހާރަށް ވުރެ ފަސޭހވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖެ އަކީ 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން، ވަރަށް ފުޅާކޮށް ޝިޕިން ލައިނެއް ހިންގި ގައުމެކެވެ. Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!