72 މިލިއަން ރުފިޔާ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61.06 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިތަކެތީގެ އަގު 72 މިލިއަން ރުފިޔާ އަށް އަރައެވެ.

ކޮމިޝަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އިތުރުން މެރިން ޕޮލިހުން ހިންގި ނުވަ ދުވަހުގެ އޮޕަރޭޝަނެއްގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ ހަމީދު ވިދާޅުވީ ހައްޔަރުކުރި 11 މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ މަސް ދޯންޏަކުން ކަމަށެވެ. ބާކީ ތިބި މީހުން ހައްޔަރު ކުރީ މާލެ އާއި ހުޅުމާލެއިން ކަމަށް ވިދާޅުވި އެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ކަނޑުމަތުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ މީހުން ހައްޔަރު ކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!