ކޮރޯނާވައިރަހަކީ ފެށުމެއް، އަދި އިތުރު ނުރައްކާތައް ކުރިޔަށް އޮތީ: ސައިންޓިސްޓުން

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަކީ ފެށުމެއް ކަމަށާއި، މުސްތަޤުބަލުގައި މިފަދަ އިތުރު ވައިރަސްތައް ފެތުރުމުގެ ފުރުސަތު އެބޮތް ކަމަށް ސައިންޓިސްޓުން އިންޒާރުދީފިއެވެ. އަދި ދުނިޔޭގެ އާބާދީ އިތުރުވާ ވަރަކަށް، މުޅި އިންސާނިއްޔަތު ނުރައްކަލަށް ހުށަހެޅޭނެ ކަމަށް އެމީހުން ބުނެއެވެ.

އެގޮތުން ގަސްކެނޑުމާއި، އެކި ފާޑު ފާޑުގެ ޖަނަވާރު ޕެޓުންގެ ގޮތުގައި ގެންގުޅުމާއި، އަދި އެތަކެތީގެ މަސް ކަމުން ދާނަމަ، ކޮވިޑް-19 ފަދަ އިތުރު ނުރައްކާތެރި ބަލިތައް އަދިވެސް ފެތުރޭނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިކަމަށް ލޯ ހުޅުވައިގެން، މުޅި ދުނިޔެ ތައްޔާރަށް ތިބުމަށް ސައިންޓިސްޓުންވަނީ ގޮވާލައިފައެވެ.

“އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން” ސައިންޓިސްޓުން ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މިއާއެކު، ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ވަނީ ‘ވައިލްޑްލައިފް މާކެޓު’ ތައް ބަންދުކޮށް، އެތަކެތި ކެއުން މަނާ ކޮށްފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޗައިނާއަކީ އާދަޔާޚިލާފު ޖަނަވާރުތައް ކެއުމުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެންމެ ބޮޑު ޤައުމެވެ. އަދި މިކަމާ ގުޅިގެން އެ ޤައުމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެހެންނަމަވެސް އެ ޤައުމުން އެކަން މަނާކުރުމަކީ ގިނަބަޔަކަށް ލިބުނު ހިތްހަމަޖެހުމަށް ވާނެއެވެ.

ނުރައްކާތެރި ކޮވިޑް-19 މިހާތަނަށް ވަނީ 4 ލައްކަ މީހުންނަށް ޖެހިފައެވެ. އަދި އޭގެތެރެއިން 20،000 އާ ގާތްކުރާ އަދަދަކަށް މީހުންވަނީ މަރުވެފައެވެ. މިހާރު މި ބަލީގެ އެންމެ ނުރައްކާ ބޮޑު ޤައުމުތަކަކީ އިޓަލީއާއި އެމެރިކާއެވެ.

  1. ޙަބަރުގައި މައުލޫމާތު ލިބުންގޮތް ހިމާނާލިނަމަ ސެއާކޮއްލީސް.. ހަމަ އެކަނި ސައިޓިސްޓުންނޭ ބުނުމައްވުރެ ކޮތާކު މީހުންކަން ނުވަތަ ކޮން ރިޕޯޓުތަކެއްކަން ހިމަނިނަމަ.

    0
    0

ތާނަ ލެޓިން އިން ލިޔުއްވާ!