ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށާއި އަދި އަންނަ ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދެއްވާނެ ކަމަށެެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމަށް ފަހު އަޅާމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް 24 ގަޑިއިރަށް ފަހު ރާއްޖެ ލޮކްޑައުންވެފައިވާ ކަމަށް ރައީށް ސޯލިހް ވިދާލުވިއެވެ. އެގޮތުން ރާއްޖެއަށް އަންނަ ހުކުރު ދުވަހުން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން މަޑުޖައްސާލާފައިވާ ކަމަށާއި، ސްކޫލާއި ކޮލެޖާ ޔުނިވާސިޓީ އަދި ސަރުކާރު އިދާރާތައް އަދި އިތުރު އެއް ހަފްތާއަށް ބަންދުކުރަން ނިްނމާފައިވާ ކަމަށްވެ ރައިށް ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅީގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ލޮކްޑައުންގެ ހާލަތު އިއުލާން ކުރަމުންނެވެ. ރޯދަމަސް އަަންނަން މަސްދުވަހަށް ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި އިންޕޯޓް މުދަލުގެ މައްޗަށް ބަރޯސާވެފައިވާ ރާއްޖެގައި ކާބޯތަކެތީގެ ދަތިކަމެއް އައިސްދާނެކަމަށް ލަފާކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، މިހާރު އެއް މަސްދުވަހަށް ވާވަަރށް ކާޑުގެ ބާވަތްތަކުގެ ސްޓޮކް ރަށްރަށުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 މަސްދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު ސްޓޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި 6 މަސްދުވަހަށް ވާވަރަށް ފުށް ސްޓޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.