ކުރިއަށް އޮތް 6 މަސް ތެރޭ އިގުތިސޯދު ހަމައަކަށް އެޅޭނެކަމަށް ބެލެވޭ: ރައީސް

ކޮވިޑުން ސަލާމަތްވެ ކުރިއަށް އޮތް 6 މަސް ތެރޭ އިގުތިސޯދު ހަމައަކަށް އެޅޭނެކަމަށް ބެލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު އެންމެ މުހިންމުކޮށް ބައްލަވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް މަސް ނިމޭއިރު ނެތި ދިއުން ކަމަށާއި އޭގެ ފަހުން ރާއްޖެ ހުޅުވާލެވިގެން އިގުތިސޯދު ހަމައަކަށް އެޅިގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަށް ބަލާއިރު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ޓުރިޒަމް ސިނާއަތަށް ކަމަށާއި، އަންނަ މަސްތެރޭގައި ޗައިނާއަށާއި ސައުތް އީސްޓް އޭޝިއާއިން ފަތުރުވެރިން އައުމަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހިސާބުން ރާއްޖޭގެ އިގްތިސޯދު މަޑުމަޑުން ހަމައަކަށް އޭޅޭނެ ކަމަށް ވެސް ރައީށް ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޛޭގައި އަޅަމުންދަނީ ރަނގަޅު ފިޔަޅުވަޅުތަކެއްކަން ފާހަގަކުރައްވަމުން ރައީށް ވިދާޅުވީ، މިހާރު ރާއްޖޭގެ މުޅި އިގްތިސޯދަށް އަންނަނީ ވަރަށް ބޮޑަށް ގެއްލުން ވަމުން ކަމަށާއި، މިވަގުތު ރާއްޛޭގައި އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން އެނެމް ބޮޑު އަހައްމިއްޔަތު ކަމެއް ދެނީ ރައްޔިތުންގެ ސިއްހަތަށް ކަމަށެވެ.

މިހާރުވެސް ރާއްޖެއިން ބޭރަށް 300 މިލިއަނެއްހާ ޑޮލަރު ދާކަމަށް ރައިށް ވިދާޅުވިއެވެ. އެ ފައިސާ ހިފަހައްޓަންޖެހޭ ކަމަށާއި ދިވެހި ޒުވާނުން ކެރިގެން މަސައްކަތަށް ނުކުންނަންވީ ކަމަށާއި، އޭރުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އާ ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓް މި މަހު 30 ގައި ރާއްޖެ އަންނާނެ ކަމަށްވެސް ރައީށް ވިދާޅުވިއެވެ. އެކަމަށް ސަރުކާރުން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް ޑައިވާސިފައިކުރަން ކަންކަން އެބަހުރި ކަން ފާހަގަކުރައްވަމުން ރައިށް ވިދާޅުވީ، މިސާލަކަށް ދަނޑުވެރިކަން ކަހަލަ ކަންކަމުން އިގްތިސޯދަށް ބަދަލެއް ގެނެވިދާނެ ކަމަށެވެ.

އިގްތިސާދަށް މި އަންނަ ބަދަލަށް ބަލަން ޖެހޭ ކަމަށް ވދިާލުވަމުން ރައިށް ވަނީ މިނިމަމް ވޭޖާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެ ގޮތުން މިނިމަމް ވޭޖާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅީމުން އެކމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ތިލަފުއްޓާ މާލެއާ ދެމެދު އެޅުމަށް ނިްނމާފައިވާ ބްރިޖްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެކަމަކީވެސް އިގްތިސޯދަށް ވަރަށް ރަނަގޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ރައީށް ފާހަގަކުރެއްވިއެވެ.

ކޮވިޑް19 އާ ގުޅިގެން ދިމާވަމުންދާ ދަތިތަކަށް ކެތްތެރިވުމަށާއި، މިކަމުން އަރައިގަނެވޭނީ އެކަކު އަނެއްކަކު ގުޅިގެން އެންމެން އެކީގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!