އީރާން ބޯޑަރު ގައި ތާށިވެފައިތިބި ޕާކިސްތާން މީހުން އެހީއަކަށް އެދެނީ

ކޮރޯނާ ވައިރަސްއިން ސަލާމަތް ވުމަށް މީރްހާވާ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ޕާކިސްތާން މީހުން އީރާން ޕާކިސްތާން ސަރަހައްދުގައި ތާށި ވެއްޖެއެވެ. ހާމަޔަށް އޮންނަ އެއްވެސް ވަސީލަތެއް ނެތް މި ސަރަހައްދު ޕާކިސްތާނުން ބަންދުކުރީ އީރާނަށް ނުވެއްދި ޕާކިސްތާން މީހުން ޕާކިސްތާނަށް އެތެރެ ވިޔަ ނުދިނުމަށެވެ. އީރާންގެ ޒަހީދާންގައި ހުންނަ ޕާކިސްތާންގެ މިޝަންއިން މަސައްކަތް ކުރަމުންދަނީ މިފަރާތްތަކަށް އެހީތެރި ވުމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެހީތެރިކަން ދިނުމަށް ޕާކިސްތާން މީހުންނަށް އެސަރަހައްދަށް ނު ވަދެވޭނެ ކަމަށެވެ. އަދި ވަނުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.

މިމީހުންގެ ދުވަހުގެ ކޮއްތާއި އެހެނިހެން ބޭނުންތައް ފުއްދުމަށް އެހީތެރިވުމަށް އީރާންގެ ފޮރިން މިނިސްޓްރީން ޕާކިސްތާނުން ވަނީ ހުއްދަ ނަގާފައެވެ. ސަރަހައްދުގައި ތާށިވެފައވާ މީހުންނަށް ކާނާއާއި ބޯފެން ދެނީ އީރާންގެ އެޖެންޓުން މެދުވެރިކޮށެވެ. ނަމަވެސް ޕާކިސްތާންގެ މަސްއޫލު ފަރާތްތަކަށްވެސް މިތަނަށް ވަދެވޭނީ ކޮންމެ ދުވަހަކަށްވެސް އެދުވަހަކަށް ބޭނުންވާ ހުއްދަ ނެގުމަށްފަހުއެވެ.

ތާށިވެފައި ތިބި މީހުންގެ ތެރޭގައި ޕާކިސްތާންގެ ވިޔަފާރިވެރިންވެސް ހިމެނެއެވެ. މިމީހުން ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ޕާކިސްތާނަށް ވައްދަން ޕާކިސްތާނުން ބޭނުމެއް ނުވެއެވެ. ނަމަވެސް ކެތް މަދުވެފައިވާ މީހުން ވަނީ ޒަހީދާންގެ ބޯޑަރުގައި ހަޅުތާލު ކުރާނެކަމުގެ އިންޒާރު ދީފައެވެ. އަދި މިމީހުން ބުނެފައިވަނީ އެމީހުންނަށް ގަވާއިދާ އެއްގޮތަށް ޕާކިސްތާނަށް ވަނުމަށް ހުއްދަ ނުދެނީނަމަ ގަދަކަމުންވެސް ވަދެގަންނާނެ ކަމަށެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި މިމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައި ދިނުމަށް އީރާނުން އެހީތެރިއެއް ނުވެއެވެ. އެއީ މިދިޔަ ހަތަރު ދުވަސްވަންދެންވެސް މިމީހުން ވަނީ މިތާ ތާށިވެފައެވެ. ޕާކިސްތާނުން ބުނަނީ އީރާނުން ހުއްދަ ނުދޭތީ ކާނާ ނުވެއްދެނީ ކަމަށެވެ.

ތެހެރާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނާ ގޮތުގައި ޕާކިސްތާން މީހުން އަނބުރައި ސަރަހައްދަށް ގެންދަން ޕާކިސްތާނުން އެއްބާރު ލުމެއް ނުދެއެވެ. މީރްހާވާ ބޯޑަރު މަތީގައި ޕާކިސްތާންގެ 400 މީހުން އެބަ ތިއްބެވެ. ހާލުގައި ޖެހިފައިވާ މިމީހުންގެ ތެރޭގައި އީރާންގައި ގަވާއިދާ ޚިލާފަށް އުޅެގެން ބޭރުކޮށްފައިވާ މީހުންނާއި އީރާނަށް ދީނީ ކަންކަމުގައި އެތެރެވި މީހުންނާއި އަންހެނުންނާއި މުސްކުޅިންނާއި ކުޑަ ކުދިން ހިމެނެއެވެ. މޫސުމްވެސް އެހާގޯހެވެ. އަދި މިއީ ފިނި ދުވަސްވަރެކެވެ. ބޭސްފަރުވާއެއް ލިބޭނެ ގޮތެއް ނުވަތަ ބޯހިޔާވަހިކަމެއްވެސް މިތާކު ނެތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!