ނޭޕާލްގައި ތިބި ދަރިވަރުން އެންމެ އަވަހަށްވެސް ރާއްޖެ ގެނެވޭނީ ދަތުރުތައް ފެށުމުން

ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވިފައި ތިބި 17 ދިވެހިން ރާއްޖެއަށް ގެނައުމާ ބެހޭ ގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު ފޯނުން ކުރެއްވި މަޝްވަރާގައި އެދަރިވަރުން އެންމެ އަވަހަށް ރާއްޖެއަށް ގެނެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްވަރާގައި ނޭޕާލުގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މިވަގުތު ނޭޕާލް އޮތީ “ލޮކް ޑައުން” ހާލަތުގައިކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރުތަކުގައި ހުރަސްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ހާލަތަށް ބަދަލު އައިސް، ވައިގެ ސަރަހައްދު ހުޅުވާލެވި އަދި ފްލައިޓްތައް ފެށުނުހާ އަވަހަކަށް އެދަރިވަރުން ރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ނޭޕާލްގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މި 17 ދިވެހިންނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ، މިހާރުވެސް މެޑިކަލް ލައިސަންސް އޮތް ފަރާތްތަކެވެ. 

މި ދަރިވަރުންނަށް ރާއްޖެއަށް އައުމުގެ މަގު ފަހިވަންދެން ޒަރޫރީ ބޭނުންތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!