އިންޓަނެޓްގެ ހިދުމަަތަށް ލުއެއް ހޯއްދަވާ ދެއްވާނަން: ރައީސް

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަަތަށް ދައްކަން ޖެހޭ ފައިސާގެ އަގަށް ލުއެއް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިންޓަނެޓްގެ އަގަށް ވެސް މިދަނޑިވަޅުގައި ލުޔެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ރާއްޖޭގައި ގިނަ ބަޔަކު ވަނީ ގޭގައި ތިބެން ޖެހިފައެވެ. ނަމަވެސް މި ދުވަސްވަރު އިންޓަނެޓާ މުވާސަލަތީ އެކި ހިދުމަތްތަކުގެ އަގަށް ލުޔެއް ނުދޭތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އެދިވަޑައިގެންފައެވެ. މީ ގިނަ ބައެއްގެ ކަންބޮޑުވުމަސް ވީއިރު ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަށް އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މަސައްކަތް ނުކުރާ ކަން މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނެޓް އަގު ހެޔޮ ކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ. ނަމަވެސް ރައީށް ވެރިކަމަށް ވަޑައިގެންނެވިތާ އެއް އަހަރާއި 4 މަސްވެފައިވާ އިރު އަދިވެސް އިންޓަނެޓް އަގު ހެޔޮކޮށް ނުދެއްވާތީ ގިނަ ބަޔަކު ދަނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލަށް ކިޔަމުންނެވެ.

ކޮވިޑް19އާ ގުޅިގެން ރައްޔިތުންނަށް ލުއިކޮށް ދިނުމުގެ ގޮތުން އަންނަ އޭޕްރީލް މަހާއި މޭމަހުގެ ކަރަންޓް ބިލާއި ފެނބްިލު ކުޑކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކަރަންޓް ބިލުން ސަބްސިޑައިޒްކުރުމަށް ނިންމާފައިވަނީ 40 ޕަސެންޓެވެ. އަދި ފެންބިލުން ސަބްސިޑައިޒް ކުރުމަށް ނިންމާފައިވަނީ 30 ޕަސެންޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!