ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޕްރިންސް ޗާލްސްގެ ގަނޑުވަރު ކްލޭރެންސް ހައުސްއިން ބުނި ގޮތުގައި 71 އަހަރުގެ ޕްރިންސުގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެނުނު ނަމަވެސް، ޗާލްސްގެ ހާލުކޮޅު ރަނގަޅެވެ.
މީގެއިތުރުން ޗާލްސްގެ އަނބިކަނބަލުން ކެމިލާ ޕާކަރ ބޯލްސްވެސް މިހާރު ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށް ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
އެ ދެ ބޭފުޅުން ވެސް މިވަގުތު ތިއްބެވީ ސެލްފް އައިސޮލޭޝަނުގައެވެ.
މި ބަލީގެ ނުރައްކާ އިނގިރޭސިވިލާތުގައި ބޮޑުވަމުން އަންނަ އިރު، މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 423 މީހަކު ވަނީ މަރުވެފައެވެ.