ޝީޝާ އަދި ކާބޯތަކެތީގެ ހިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެންގުމާ ހިލާފަށް ޝީޝާ އަދި ކާބޯތަކެތީގެ ހިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް، ކާބޯތަކެތީގެ ހިދުމަތް ދީގެން މިދިޔަ އާދީއްތަ އަދި އަންގާރަ ދުވަހު ޖުމްލަ ތިން ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޝީޝާގެ ހިދުމަތް ދީގެން މި މަހުގެ 20 ވަނަ ދުވަހު ދެ ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ފަސް ތަން ވެސް ޖޫރިމަނާކޮށްފައިވަނީ 5000 ރުފިޔާ އިން ކަމަށް ފުލުހުން ބުނެއެވެ.

ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ކެފޭތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!