މާލެސިޓީގެ ތިން ސަރަހައްދެއްގައި ހާއްސަ ޑްރިލްއެއް ކުރިޔަށް ގެންގޮސްފި

ކޮވިޑް19އާ ގުޅޭ ފުލް ސްކޭލް އެކްސަސައިޒެއް މިއަދު މާލޭ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން، މިއަދު ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތް ކުރިއަށްދަނީ މާލޭގެ ތިން ސަަރަހައްދެއްގައި ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެ ޑްރިލް ކުރިޔަށް ދާނީ މިއަދު 12:30 އިން 3:30އަށް ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ދާއިރު އެ ހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. މި ޑްރިލް ކުރިޔަށްދާ ސަރަހައްދުތަކަކީ އެދުރުވެއްސާއި ގާކޮށްޓާއި މއ. ވިޔަނިއެވެ. މީގެކުރިންވެސް މިފަދަ ޑްރިލްއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!