ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރަައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހަވިރު 4:45ގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުން އޮތީ ދަރުބާރުގޭގަ އެވެ.

މިއީ، ކޮވިޑް-19 ފެތުރެން ފެށުނު ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާތަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

އާންމުކޮށް ކޮންމެ ދުވަހު މެންދުރު 2:30 ގައި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުން މިއަދު ވަނީ ފަސްކޮށްފައެވެ.

ބެލެވޭ ގޮތުގައި މި ބައްދަލުވުމުގައި ރައީސް ސޯލިހް މުހިންމު ނިންމުމަތަކެއް އިއުލާން ކުރައްވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!