ކޮވިޑް-19 އާއި ގުޅިގެން އިތުރު ދެ ހަފްތާ އަށް މެލޭޝިއާ ލޮކްޑައުން ކުރަން ނިންމައިފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި މަހުގެ 18 އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ގައުމުގައި މީހުންނަށް އަރާ ނުފޭބޭ ގޮތަށް ފުރަބަންދުކުރަން ނިންމި ނިންމުން އަންނަ މަހުގެ 14 އާ ހަމައަށް ދިގު ދަންމާލަން ނިންމާފައިވާ ކަމަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމީ މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށާއި މިއީ މިވަގުތަށް ބަލާއިރު ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ނިންމުން ކަމަށެވެ.
މީގެއިތުރުން ބޮޑުވަޒީރު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކުރި ނަމަވެސް އާންމުން ޕެނިކްވެ ފިހާރަތަކުން ގިނަ އަދަދަކަށް އެއްޗެހި ނުގަތުމަށް ވެސް އިލްތިމާސްކޮށްފައެވެ.