ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އޮންލައިންކޮށް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފި

ކޯވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ބަންދު ކުރެވިފައިވާތީ، ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން “މަކުޑި” ސޮޕްޓްވެއާ މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމެއް ޑިފެންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޑިފެންސް މިނިސްޓްރީން ކެމިކަލް ގެނައުމުގެ ހުއްދައަށް އެދޭ އެޕްލިކޭޝަން ފޯމް އެ ސޮޕްޓްވެއާ މެދުވެރިކޮށް ހުށަހެޅުމުން އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް މީރާއިން ގަނެވޭނެ އިންތިޒާމް އެ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި ބުނީ ހުއްދައިގެ އަސްލަކީ އީމެއިލުން ފޮނުވާ ހުއްދަ ކަމަށެވެ.

ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަ އަށް މީހުންގެ ހާލު ވެސް ރަނގަޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!