މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ ސާފުކުރަން ފަށައިފިއެވެ.
މި މަސައްކަތް ކުރަމުންދަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެންނެވެ.
މީގެ ކުރިން މާލެ ސިޓީ ކައުންސިލާއި އެމްްއެންޑީއެފް ގުޅިގެން ވަނީ މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް މާލޭގެ މަގުތައްވެސް ކްލޮރިން ފެނުން ދޮވެފައެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ
އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ ބަސް ސްޓޮޕްތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.