ކޮވިޑް19: މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިފި

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޖޭ.އޭ މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށައި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.


މާހާ ނަމަކަށް ކިޔާ ސަފާރީއަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވަނީ ރޭގައެވެ. މާހާ ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އީކުއޭޓާ ސަފާރީވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ސަފާރީން ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ވަނީ ޓެސްޓުކުރަން ފަށާފައެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިތު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ 13 މީހުން ޕޮޒިޓިވް ވެފައިވާ އިރު 5 މީހަކު ވަނީ ރަނގަޅު ވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!