ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށް

ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި މިހާތަނަށް 422،629 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް 18250 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. މިހާތަނަށް 104714 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު 12547 މީހެއްގެ ހާލު މިހާރު ވެސް ސީރިއަސް އެވެ. މިއަދު މިހާތަނަށް 1743 މީހަކު ވަނީ މަރުވެފައެވެ. މިއަދަކީ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. 

މި ދުވަސްކޮޅު މި ބަލި އެންމެ ބާރަށް ފެތުރެމުން އަންނަނީ ޔޫރަޕާއި އެމެރިކާގައެވެ. ޔޫރަޕަށް ބަލާއިރު އިޓަލީ އާއި ސްޕެއިންގައި ބަލި ފެތުރޭ ސްޕީޑުވަނީ ވަރަށް މަތިވެފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ހާލަތު ވެސް ދަނީ ގޯސްވަމުންނެވެ.

މި ބަލި ވަނީ ދެނިޔޭގެ 90 އަށް ވުރެ ގިނަ ގައުމުތަކަށް ފެތުރިގެން ގޮސްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!