ނުރައްކާތެރި ކޮވިޑް-19 އިން އަަރައިނުގަނެވިގެން އުޅެނިކޮށް، ހަންޓާވައިރަސްގެ ޝިކާރައަކަށްވެ، ޗައިނާ އިން އެކަކު މަރުވެއްޖެއެވެ.
ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާއަށް ހަންޓާވައިރަސް ޖެހިފައިވާކަން އެނގުނީ ބަހެއްގައި ޝަންގޑޮންގ ޕްރޮވިންސްއަށް އޭނާ ދަތުރުކުރި މީހެކެވެ. އެ ބަހުން ދަތުރު ކުރި 32 މީހަކުވެސް ވަނީ މި ވައިރަސްއަށް ޓެސްޓުކޮށްފައެވެ. ނަމަވެސް އިތުރު މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ. އެމީހާ މިހާރު ފެތުރިފައިވާ ކޮވިޑް-19 އަށް ނެގެޓިވްވިއިރު އޭނާ ހަންޓާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ހަންޓާވައިރަސްއަކީ ރޯޑަންޓްސް ނުވަތަ ހިކަނދި/މީދާ ޒާތުގެ ޖަނަވާރުތަކުން އިންސާނުންގެ ގަޔަށް ވާރުތަކުރާ، އެ ވައިރަސް ޖެހުމުން އެ ޖެހޭ މީހަކު އިންފެކްޓްވާ ނުރައްކާތެރި ވައިރަހެކެވެ.
ހަންޓާ ވައިރަހަކީ އަލަށް ފެނުނު ވައިރަހެއް ނޫނެވެ. ހަންޓާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1993 ވަނަ އަހަރު އެމެރިކާއިންނެވެ. މީގެއިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން މި ވައިރަސް ވަނީ ފެނިފައިއެވެ.