މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުންކޮށްފި

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރަން ނިންމާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނެރެންދްރާ މޯދީ ހާމަކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ އިންޑިއާ ގަޑިން 8 ޖެހި އިރު ގައުމާއި މުޙާޠަބުކޮށް ވިދާޅުވީ މިރޭ 12 އިން ފެށިގެން މުޅި އިންޑިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. މޯދީ ވިދާޅުވީ މުޅި ގައުމު ލޮކްޑައުން ކުރުމުން އެކަމުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށާއި ނަމަވެސް މިވަގުތު އިގްތިސާދަށް ވުރެން ސަރުކާރަށް މުހިއްމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

މޯދީ ވިދާޅުވީ ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ކަންކަން މެނޭޖު ނުކުރެވިއްޖެނަމަ އިންޑިއާ ދާނީ 21 އަހަރު ފަހަތަށް ކަމަށެވެ. މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި މިބަލިމަޑުކަން މައިތިރި ކުރެވެން އޮތް ހަމައެކަނި ގޮތަކީ ލޮކްޑައުންކޮށް ގޭގައި އެކަހެރިވެގެން ތިބެގެން ކަމަށެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 500 އެއްހާ މީހުން ފެނިފައިވާ އިރު މި ބަލީގައި 7 މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!