ސަފާރީއެއްގައި ހުރި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، “މަހާ” ނަމަކަށް ކިޔާ ސަފާރީއަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ސަފާރީގައި މިވަގުތު ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ.
މާހަ ސަފާރީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ތިން ސަފާރީއެއް ވަނީ ލޮކްޑައުންކޮށްފައެވެ. އެއީ މާހާ ސަފާރީގެ އިތުރުން އައިލެޑް ސަފާރީ އާއި އިކުއޭޓަރ ސަފާރީއެވެ.