ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދިވެހި މީހާ ނެގެޓިވް

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝިޔާގައި ކަރަންޓީނު ކުރި ތިން ވަނަ ދިވެހި މީހާގެ ނަތީޖާ ނެގެޓިވްކަމަށް ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދަރިވަރުގެ ނަތީޖާ ނެގެޓިވް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝީޔާގައި ތިން ދަރިވަރަކުވަނީ ކަރަންޓީނުކޮށް ސާމްޕަލް ނަގާފައެވެ. މީގެ ކުރިން ސަރުކާރުން ވަނީ އޭގެ ތެރެއިން 2 ދަރިވަރުންގެ ނަތީޖާ ނެގެޓިވް ވެފައިވާކަން އިއްލާން ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!