ކޮވިޑް19 އާއި ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށް ފައިވާއިރު، އެ މުއްދަތުގައި ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް ނިންމައިފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް19 އާއި ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރަކާރުން އެކަމުގައި އެހެން ގޮތެއް ނިންމަވަންދެން ބަންދުކޮށްފައި ހުންނަ މުއްދަތުގައި ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮރޯނާވައިރަސް މިހާތަނަށް ވަނީ 381،761 މީހުންނަށް ޖެހިފަ އެވެ. އޭގެ ތެރޭން 16،558 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 102،429 މީހުންނެވެ.