އެ މީހާ ފެނިފައިވަނީ ޕާޓީ ކުރަން ހުއްޓައި

ކަރަންޓީނުގައި ހުރި މީހެއް ބޭރަށް ނުކުތުމުން 33،000 ޑޮލަރުން ޖޫރިމަނާކޮށްފި

ތައިވާނުގައި 14 ދުވަސް ވަންދެން ކަރަންޓީނުގައި ހުރުމަށް އަމުރުކޮށްފައި ހުރި މީހަކު ނައިޓް ކުލަބެއް ތެރެއިން ފެނިގެން ޖޫރިމަނާކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އެމީހާ ކަރަންޓީނުގައި ހުރުމަށް އަމުރުކޮށްފައިވަނީ ސައުތު އީސްޓު އޭޝިއާއަށް ކުރި ދަތުރެއް ނިންމާފައި ތައިވާނަށް ދިޔުމުންނެވެ.

އެހެންނަމަވެސް އެމީހާއަށް އެ އަމުރާ އެއްގޮތަކަށް އަމަލު ނުކޮށް، ފުލުހުން ނައިޓް ކުލަބެއް ފާސްކުރަނިކޮށް ވަނީ އެތަނުން ފެނިފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ މައްޗަށް 33،000 ޑޮލަރުގެ ޖޫރިމަނާއެއް ވަނީ އަރާފައެވެ. މިއީ 1 މިލިއަން ތައިވާނު ޑޮލަރެވެ. އަދި މިއީ އެ ޤައުމުގައި ޖޫރިމަނާގެ ގޮތުގައި ދައްކަން އޮންނަ އެންމެ ބޮޑު އަދަދެވެ.

އެ ފިރިހެން މީހާގެ ނަން މީޑިއާތަކުން ހާމަކޮށްފައި ނެތް އިރު، އޭނާ ޕާޓީ ކުރަން ހުއްޓައި ފެނުނު ކުލަބުގެ ނަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންމަވެސް އެއީ ތައިވާނުގެ ވެރިރަށް ޓައިޕޭގައި ހުންނަ ނައިޓް ކުލަބެއެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

“މީހުން އެއްވެ ތިބޭ ތަންތަނަށް ދާ މީހުންނާ މެދު މިގޮތަށް އަމަލުކުރެވޭނެ. އަދި މިކަންތައް ކުޑަ ކަމެއްގެ ގޮތުގައި ނުނަގާނަން.” ޓައިޕޭގެ ސިޓީ މޭޔަރު ހައު ޔޫ-އިހް ބުނެފައިވެއެވެ.

ތައިވާނަކީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ޤައުމު ތަކުގެ ތެރެއިން ނަމޫނާއެއްގެ ގޮތުގައި ދުނިޔެއިން ދެކެމުން އަންނަ ޤައުމެކެވެ. ވައިރަސް އެންމެ ފުރަތަމަ ފެށިގެން އައި ޤައުމު ކަމަށްވާ ޗައިނާއާ އެހާ ކައިރީގައި އޮންނަ އިރުވެސް، ތައިވާނުން މިހާތަނަށް ފެނިފައިވަނީ ކޮވިޑް-19 ގެ އެންމެ 195 ކޭހެވެ. އަދި މަރުވި މީހުންގެ އަދަދަކީ އެންމެ 2 އެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!