ކޮވިޑް 19 އަށް ދިވެއްސަކު ޕޮސިޓިވް ވެއްޖެ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ އަށް ޔޫއޭއީގައި ހުރި ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) މިނިސްޓްރީ އޮފް ހެލްްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

ޔޫއޭއިން މިއަދު އެކަނިވެސް 50 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތައްވެސް ވަނީ ހާމަކޮށްފައެވެ. .

50 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ކަމަށާއި މިވަގުތު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޔޫއޭއީގެ އޮފިޝަލުން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮސިޓިވް ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ. “ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.” ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!