މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަތަކަށް ބަދަލެއް ގެންނަން ނިންމާފައި ނުވާ ކަމަށް ފެނަކަ އިން ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އެހެން އިނާޔަތްތަކަށް ބަދަލު ނައިސް ކުރިން ލިބޭ ގޮތަށް ލިބެމުން ދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
އެހެން ނަމަވެސް ކޮވިޑް19އާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން މުސާރަ ނުހިނގާ ގޮތަށް ޗުއްޓީއަށް (ނޯ ޕޭ ލީވް) ދިއުމަށް އެދެމުންދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މީގެއިތުރުން އެ ކުންފުނިން ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތަކަށް މެދު ކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސަތްކަތްތައް ފެނަކައިން ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ އަރުވާފައެވެ.