ޗަމްޕާގެ 8 ރިސޯޓު ބަންދު ކުރަނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ އެއް ކުންފުނިކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގަމުން އަންނަ 8 ރިސޯޓު ތިން މަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ޗަމްޕާ ގުރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގްރޫޕުން ހިންގާ ރިސޯޓުތަކުގެ ތެރެއިން 3 ރިސޯޓެއް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަ ދުވަހާއިހަމައަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ 5 ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހާއި ހަމައަށެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ޖުމްލަ 8 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެ ގްރޫޕްގެ ރިސޯޓްތަކުގެ ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް މީހަކު ޕްޒިޓިވްވި ކުރެއްދޫ އައިލެންޑް ރިސޯޓް ހިމެނެއެވެ. މި ރިސޯޓް އަދިވެސް އޮތީ  އެޗްޕީއޭގެ މޮނިޓަރިންގައެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުވެސް މިހާރުވަނީ ބަންދުކޮށްފައެވެ. 

މި ރިސޯޓުތަކުގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ރިޒޯޓު ވިޔަފާރީގައި ސިނާއަތުގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޔުނިވާސަލް އަދި ވިލާ ގްރޫޕުގެ ރިޒޯޓުތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!