65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ޖެންޑާއިން ހޯދަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތުތައް އެއްކުރުމަށް ގޫގުލް ފޯމެއް ގޫގުލް ފޯމެއް ފުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ފޯމުގައި އެ އުމުރުގެ މީހުން މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ހާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެބަލީގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ޖެންޑާއިން ބުނެއެވެ. 

އެގޮތުން ވީހާ ވެސް ގިނަ ފަރާތްތަކުން މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!