ސިނގިރޭޓެއް ގަންނަން އޮޅުވެލި ރިސޯޓަށް އަރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ އަމުރާއި ޚިލާފަށް ފަން އައިލެންޑު ރިސޯޓުން ފަތާފައި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް އަރަން އުޅުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ އާންމު ޞިއްޚަތުގެ ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ބަޕްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ އެންގުމާއި ޚިލާފަށް މިމަހުގެ 23 ވަނަ ދުވަހުގެރޭ 10:30 އެހާކަން ހާއިރު، ކޯވިޑް 19 އާއި ގުޅިގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިޒޯޓުން އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓަށް މީހަކު ފަތާފައި އަރަނިކޮށް އެމީހާ ހުއްޓުވާފައިވާކަމަށެވެ.

އޭނާ އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގެ މޫދުގައި އޮއްވާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިމައްސަލައިގަ ފުލުހުން އިތުރަށް ބެލިބެލުމުން އޭނާއަކީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގެ މުވައްޒިފެއްކަން އެނގިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މިހާރު އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިޒޯޓަށް އޭނާ ފަތާފައި ގޮސްފައިވަނީ ސިނގިރޭޓް ގަތުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!