ކަރަންޓީން ފެސިލީޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއަކަށް

ކަރަންޓީން ފެސިލީޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފިއެވެ. މިހާރު އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލީޓީއާއި ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެވެ.

އެގޮތުން ކަރަންޓީން ފެސިލިޓީތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރަމުންދާ މީހުންނާއި ކުޑަކުދިން މާލެ ކައިރީގައި ހުރި ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ރޭވޭނެ ގޮތަކަށް ބަލައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލީޓީއާއި ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ހުރެއެވެ.

މީގެ އިތުރުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ. އެ ކްލިނިކުން ހެންދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!