ކޮވިޑް-19: ކުޅުދުއްފުށީގައި ވެސް ފްލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް19 އާއި ގުޅިގެން ކުޅުދުއްފުށީގައި ވެސް ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް19 ގެ އެއްވެސް އަލަމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ އެ ކްލިނިކަށް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ މި ފްލޫ ކްލިނިކް ގައިމްކޮށްފައިވަނީ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކައިރީގަ އަލަށް ހެދިފަ ހުރި އާ އިމަރާތުގައި ކަމަށެވެ. އަދި އެތަން ހުޅުވިފަ ހުންނަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް، އަދި މެންދުރު 13:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ފްލޫ ކްލިނިކަށް އާންމު ރޯގަ ނުވަތަ ކޮވިޑް19 ގެ އެއްވެސް އަލަމާތެއް ހުރި ކަމަށް ޝައްކު ކުރެވޭނަމަ، އެތަނަކަށް ޒިޔާރަތް ކުރައްވާ އަވަހަށް ފަރުވަ ހޯދުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅ ުތަކުގައި މިހާރު ފްލޫ ކްލިނިކް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!