ކޮވިޑް-19: ޕާކިސްތާންގެ އެޑިއުކޭޝަން މިނިސްޓާރ ޕޮޒިޓިވް ވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް ޕާކިސްތާންގެ އެޑިއުކޭޝަން މިނިސްޓާރ ސައިދު ގާނީ ޕޮޒިޓިވް ވެއްޖެއެވެ.

ވައިރަސް ގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް މިނިސްޓަރ ބުފައި ވަނިކޮށް ސައިދު ގާނީ އަށް މި ބަލި ޖެހުނީ ބަލިމީހުން ބައިތިއްބާފައިވާ ހޮސްޕިޓަލަކަށް ނުގޮހެެވެ. ޓްވިޓާ އަށް ލައިފައިވާ ވީޑިއޯ މެސެއްޖެއްގައި ސައިދު ގާނީ ވިދާޅުވީ އޭނާއަށް ކޮރޯނާގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ޓެސްޓް ކޮށް ނަތީޖާ ލިބުނު އިރު ވެސް ސިއްހަތު ރަނގަޅު ކަމަށެވެ.

ކޮރޯނާ އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެނަމިކުފާނު ވަނީ އައިސޮލޭޓް ކޮށްފައިއެވެ. ކޮވިޑް-19 ބައްޔަކީ ފާޅުކަން ބޮޑު އެތަށް އަލާމާތްތަކެއް ދައްކާ ބައްޔެކެވެ. މި ބަލި އާންމު ކޮށް ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށާ، ދިފާއީ ނިޒާމް ބަލި ކަށިމީހުންނަށެވެެ.

މި ބަލިން މިހާރު 102000 އަށް ވުރެ ގިނަ މީހުން ރަނގަޅު ވަފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!