މަޖިލިސް މެންބަރުން ގޭގައި ތިބެގެން މަސައްކަތް ކުރަން ނިންމައިފި

އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް މަސައްކަތްތައް ކުރާ ގޮތަށް ނިންމައިފިއެވެ.

މެމްބަރުން ގޭގައި ތިއްބަވައިގެން އަންނަ ހަފުތާ އިން ފެށިގެން ޖަލްސާތައް ވާޗުއަލްކޮށް، ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރެއްވުމަށް ފަހު ގަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފަ އެވެ.

ސަރުކާރު ބަންދު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށެވެ.

އަދި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!