މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލެ މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު އެމީހާއަކީ 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ، އެ މީހާ ފެނިފައި ވަނީ މާފަންނުގައި ހުންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ.

އަދި އޭނާ އެތަނަށް ވެއްޓިފަައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ 21:43 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މީހާ ފެނިފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވިދާޅުވީ، އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފައި ހުރިކަމަށެވެ.

އައިޖީއެމްއެޗްއަށް އެ މީހާ ގެންދިއުމުން އެ ހޮސްޕިޓަލުން އެމީހާ ބެލި ޑޮކްޓަރުން ވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވިދާޅުވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!