ސެލްފް އައިސޮލޭޝަނުގައި ތިބި ތަރިން ކުރަނީ ކީތްކަން އެގޭތަ؟

އިންޑިއާގައި ވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި ބޮލީވުޑުގެ ތަރިން އަންނަނީ ފަރުދީ ޒިންމާ އިސްކުރުމުގެ ގޮތުން ބޭރަށް ދިއުމުގެ ބަދަލުގައި ގޭގައި އެކަހެރިވަމުންނެވެ.

އެގޮތުން ބަތަލާ ކެޓްރީނާ ކައިފް ވެސް ސެލްފް އައިސޮލޭޝަނުގައި ހުރިިއިރު އޭނާ މިވަނީ ގޭގެ މަސައްކަތުގައި އަވަދިނެތި އުޅޭ ވީޑިއޯއެއް އިންސްޓަގްރާމަށް ހިއްސާކޮށްފަ އެވެ. އެގޮތުން އައިސޮލޭޝަނުގައި ހުންނައިރު ގޭގެ މަސައްކަތްތަކުގައި އެހީތެރިވެދެމުން އަންނަ ކަމަށް ކެޓްރީނާ ބުނިއިރު ފެނިގެންދަނީ ކެއި ތަށިތައް ދޮވުމުގައި އޭނާ އުޅޭ މަންޒަރެވެ. 

ދީޕިކާ ވެސް އަންނަނީ ސެލްޕް އައިސޮލޭޝަން ގައި ހުރެގެން ކުރަމުން އަންނަ ކަންކަން އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން ދީޕިކާ ވަނީ އެކްސަސައިޒް ކުރުމާއި، ބިއުޓީ އަދި ކެއިންބުއިމުގެ ތަފާތު ޕޮޓޯތަށް އަޕްލޯޑް ކޮށްފައިއެވެ.

ފިލްމު ތަކުން ނުފެނުން ނަމަވެސް މަލައިކާ އަންނަނީ ތަފާތު އެކި ޝޯތަކުގައި ޖަޖުކަން ކުރަމުންނެެވެ. މިހާރުވެސް ސޮނީ ގެ ބެސްޓް ޑާންސްގެ އެއް ޖަޖުގެ ގޮތުގައި އޭނާ ފެނިގެންދެއެވެ. މަލައިގާ ބުނާ ގޮތުގައި އޭނާ އަކީ ކެއްކުމަށް ވަރަށް ޝައުގު ހުންނަ މީހެކެވެ. ނަމަވެސް އުޅެންޖެހޭ ބިޒީ ޝެޑިއުލް ގެ ސަބަބުން ކެއްކުމަށް ވަގުތު ނުލިބެއެވެ.

ވިދަމުން އަންނަ އެކްޓާ ވަރުން ދަވަން އަންނަނީ އަމިއްލަ އަށް އެކަހެރިވެ ހުންނަ ހުރުމުގައި ކުރަމުން އަންނަ ކަންކަން ފޭނުންނާ ހިއްސާ ކޮށްފައިއެވެ. ވަރުން އެންމެ ފަހުން ފެނިގެން ދިޔައީ ސްޓްރީޓް ޑާންސާ 3 ޑީ އިންނެވެ.

ކިއާރާ އަޑުވާނީ ވެސް ވަނީ ގޭގައި ހުރެގެން ކަސްރަތު ކުރާ ވީޑިއޯ އެއް ހިއްސާ ކޮށްފައިއެެވެ.

މި ހުރިހާ ތަރިންވެސް އަންނަނީ ގޭގައި ތިބުމަށް އިލްތިމާސް ކުރަމުންނެވެ. ހަމަ އެޔާ އެކު ސާފުތާހިރު ކަން މަތީ ތިބުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!