ކޮވިޑް-19: ހަކުރާހުރާއިން އިތުރު މީހެއްގެ ސާމްޕަލް ނަގައިފި

ސިނަމަން ހަކުރާހުރާ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވާ އިތުރު މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހަކުރާހުރާ ރިސޯޓުން ކުރިން ނެގި ސާމްޕަލް ނެގެޓިވްވުމާ ގުޅިގެން އެ ރިސޯޓް މޮނިޓަރިންގެ ހާލަތުން ނެގުމަށް ނިންމި ކަމަށެވެ. ނަމަވެސް، ފަހުން ޓެގް ޓީމުން އިތުރު މީހެއްގެ ސާމްޕަލް ނަގަން ބޭނުންވެގެން އިތުރު ސާމްޕަލްއެއް ނަގާފައިވާ ކަމަށެވެ.

ހަކުރާހުރާ ރިސޯޓް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އެ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަތުރުވެރިޔަކު ފެނިފައިވާއިރު، މިކަމާ ގުޅިގެން ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ 3 ސްޓާފަކު އައިސޮލޭޓް ކުރިއެވެ.

މި ކޭސްގައި ގިނަ ބަޔކު އައިސޮލޭޓްކުރީ، ބައްޔަށް ޝައްކުވާ މީހާ ރާއްޖެއައި އިރުވެސް ކުޑަކޮށް ރޯގާގެ އަސަރު ހުރި ކަމަށް ބުނެފައިވާތީއެވެ. އަދި މި ކޭސްގައި ގިނަ ބަޔަކު އައިސޮލޭޓްކޮށްފައި ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން, އައިސޮލޭޓް ކުރީ އެވަގުތު އެއާޕޯޓް ޝިފްޓުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ބަލިޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 5 މީހަކު ވަނީ ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!