މާލޭގެ 3 ސަރަހައްދެއްގައި އަތް ދޮވެވޭނެ އިންތިޒާމް އެމްޑަބްލިއުއެސްސީން ހަދައިފި

ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަތް ދޮންނަން އެންމެ އިސްކަމެއް ދޭން ކަމާބެހޭ ފަރާތްތަކުން ގޮވާލަމުން ދާއިރު، އެމްޑަބްލިއުއެސްސީން މާލޭގެ 3 ސަރަހައްދެއްގައި އަތް ދޮވެވޭނެ ހިދުމަތް ގާއިމު ކޮށްފިއެވެ.

އާންމުކޮށް އަތް ދޮވެވޭ ގޮތަށް އެމްޑަބްލިއުއެސްސީން ސިންކު ބަހައްޓާފައި ވަނީ ލޯކަލް މާރުކޭޓު ސަރަހައްދާއި، މަސްމާރުކޭޓު ސަރަހައްދާއި ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އެ ސިންކުތައް ބެހެއްޓީ ގިނަ ގިނައިން އަތް ދޮންނަން މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގިނަ ގިނައިން އަތް ދޮވުމެވެ. މާލޭގައި އަތް ދޮވެވޭނެހެން ސިންކު ބެހެއްޓި އިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ކައުންސިލާ ގުޅިގެން އާންމު ބައެއް ފަރާތްތަކުންވެސް އަތް ދޮވެވޭނެ އިންތިޒާމުތައް ގާއިމުކުރަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވި އިރު މިހާރު ވަނީ 5 މީހުން ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!