ފަލަ މީހުންނަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑު

ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރާ މީހުންގެ ތެރޭގައި ފަލަ މީހުން ހިމެނޭ ކަމަށް ފަހުގެ ދިރާސާތަކުން ދައްކައިފިއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާރވިސް އިން ހެދި އޮޑިޓް އަކުން ދެއްކި ގޮތުގައި، އެޤައުމުގެ ހޮސްޕިޓަލު ތަކުގައި ކޮރޯނާ ވައިރސް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން، އެންމެ ބޮޑުވަރުވާެފައިވާ މީހުންގެ ގާތްގަނޑަކަށް ކޮންމެ 3 އަކުން 2އަކީ ފަލަ މީހުންނެވެ. މީގެތެރެއިން %37 މީހުންނަކީ 60 އަހަރުން ދަށުގެ މީހުން ކަމަށްވެއެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފުއްޕާމެޔަށް ކޮވިޑް-19 ފެތުރި، ނިއުމޯނިއޯ ޖެހުމަށް މަގުފަހިވެއެވެ. އަދި ޚާއްސަކޮށް ފަލަ މީހުންގެ މެޔާ ދިމާލުން މާ ގަދަޔަށް މަސްޖަހާފައި ހުރުމުގެ ނަތިޖާއެއްގެ ގޮތުން، މިފަދަ ޙާލަތެއްގައި ނޭވާލުމަށް އިތުރު ދަތިތަކާ ކުރިމަތިވާކަމަށް ދިރާސާއިން ދައްކައެވެ. އެއާއެކު، މީހާގެ ބަލި ހާލަތު އިތުރަށް ގޯސްވެ، ފުރާނައަށް ނުރައްކާވެއެވެ.

ބަރުދަން އިތުރުވުމަކީ އާންމު ގޮތެއްގައި ވަރަށް ގިނަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެގޮތުން ހިތުގެ ބަލިތަކާއި، ހަކުރު ބަލި، އަދި ބައެއް ކަހަލަ ކެންސަރު ޖެހުމުގެ ނުރައްކާވެސް އޮވެއެވެ.  

ތާނަ ލެޓިން އިން ލިޔުއްވާ!