ޑަބްލިއުއެޗްއޯގެ ތަޢުރީފު ރާއްޖެއަށް!

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ މަންދޫބު، ޑރ.އަރްވިންދް މާތޫރު, ކޯވިޑް-19ގެ ކަންކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޑރ.މާތުރު ވިދާޅުވީ ކުޑަ ޤައުމެއްކަމުގައިވިޔަސް ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ޑރ.މާތުރު ފާހަގަކުރެއްވިއެވެ.

މާތޫރު ވިދާޅުވީ ސަރުކާރުގެ އިސްނެންގެވުމާއި، ކަމާބެހޭ ދާއިރާތަކުން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްޤުވާވަރުގެ މުހިންމު އަދި ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި ސިއްހީ އިދާރާތަކުގެ ލަފަޔާއި އިރުޝާދަށް ބޯލެބުމުގައި ދިވެހި ރައްޔިތުންވެސް ދައްކަނީ ތައުރީފް ހައްޤު މިސާލެއްކަމަށެވެ.

މާތޫރު ވިދާޅުވީ ރާއްޖޭގެ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ދެފުއްފެންނަ ނިޒާމެއްގެދަށުން ޢާންމުންނަށް ތެދު މަޢުލޫމަތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން މިޙާލަތުގެ ވަރަށްކުރީކޮޅުން ފެށިގެން ރާއްޖޭގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރާއި ޓެކްނިކަލް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައި ކުރައްވަމުންދާ މަސައްކަތްތައް ޑރ.މާތޫރު ފާހަގަކުރެއްވިއެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!